ރައީސް ޔާމީނަށް ހުުކުމްކުރުން މަޑުޖައްސާލަން ހުށައަޅައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގގެ ދައުވާގެ ހުކުމްކުރުމުގެ ޝަރީއަތް ފަސްކޮށްދިނުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން އެދިއްޖެއެވެ.
މިއަދު މެންދުރުފަހު 1:30ގައި އޮންނަ މި ޝަރީއަތް ފަސްކޮށްދިނުމަށް އެދިފައިވަނީ އެ މައްސަަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗާއި މެދު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅައިފައިވާތީއެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
މި މައްސަލައިގައި ބުނެފައިވަނީ އެ ބެންްޗް އެކުލަވާލާފައިވަނީ ގާނޫނުތަކާއި ޚިލާފަށް އަދި ފުރިހަމަ ކުުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށެވެ.
މި މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗްގައި ހިމެނި ވަޑައިގަންނަވަނީ އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ.
މީގެ ކުރިން މި މައްސަލަ ބައްލަަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސްގާާޒީ އަހުމަދު ހައިލަމް ވަނީ 60ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފައެވެ.
ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ ގއ.ވޮޑަމުއްލާގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު އެއް މިލިޔަން ޑޮލަރު، އެސްއޯއެފް މެދުވެރިކޮށް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރެއްވިކަމަށް ތުހުމަތުކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް