އުމަރު ވާހަކަ ދައްކަންޏާ "އިންޑިޔާ ސިފައިން ބާލާ" އިވެންޓް ނުބޭއްވޭނެ ކަމަށް ފުލުހުން އަންގައިފި
"އިންޑިޔާ ސިފައިން ބާލަން" ނަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން ކުރިޔަށް ގެންދަން އުޅުނު އިވެންޓްގައި އެބޭފުޅާ ވާހަކަ ދައްކަވާ ނަމަ އެ އިވެންޓް ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން އަންގައިފިއެވެ.
އުމަރު އިސްކޮށް ހުންނަވައިގެން މިރޭ 9:00 ގައި އާޓިފިޝިއަލް ބީޗުގައި އެއްވުން ބާއްވަން ތައްޔާރުކޮށްފައިވަނިކޮށް ފުލުހުން މިފަދަ އެންގުމެއް އެންގީ ކީއްވެގެން ކަމެއް ނޭނގެއެވެ.
"ވޮއިސް އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އިވެންޓަށް އެތަން ހޯދުމުގެ ހުއްދައަށް އެދިފައިވަނީ ޕީއެންސީގެ ނަމުގައެވެ.
“އިންޑިއާ ސިފައިން ފައިބާ” ގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ޤައުމީ ހަރަކާތް އިއުލާން ކުރުމަށް ފަހު އުމަރު ނަސީރު ފެއްޓެވި ހަރަކާތަށް ގިނަ އަދަދެއްގެ ބަޔަކު ތާއީދު ކުރާކަން ފާހަގަކޮށްލެވެއެވެ.
ފުލުުހުން ހުރަސް އެޅުމާއި ގުޅިގެން "ވޮއިސް އެމްވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ، ފުލުހުންގެ އެންގުމަކާއި ދެކޮޅު ނުހައްދަވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ ފުލުހުންނާއި ދެކޮޅަށް ގަދަބާރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް