ބިދޭސީއެއްގެ އަތުން 33،000 އަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ބިދޭސީއެއްގެ އަތުން 33،500 ރުފިޔާ ފޭރިގަތުމުގެ މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި ރޭ ދަންވަރު 2:12 ހާއިރު ގުލާބީ ގޯޅީގައި ދެމީހަކު ވެގެން ބިދޭސީއެއްގެ އަތުން ފޭރިގަތް މައްސަލައެއް ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
އަދި މި މައްސަލައިގައި ދެމީހުން 33،500 ރުފިޔާ ފޭރިގަތްކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، މި މައްސަލައާ ގުޅިގެން މާލެ، ހ. ރެޑްހާން، ފަވާޒް ކަޅުތުއްތު (36 އަހަރު) އާއި ތ. ތިނަރަފުށި، ލަކީ ހައުސް، ސޮފްވާން ޢަލީ (36 އަހަރު) ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން މި މައްސަލަ ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް