ވޭނެއްގައި ސިފައިންގެއަށް ވަން މައްސަލައިގައި ހައްޔަރުކުރީ 32 އަހަރުގެ ބިދޭސީއެއް
ހުއްދަނެތި ބަންޑާރަ ކޮއްޓަށް ވޭނެއްގައި ވަން މައްސަލައިގައި 32 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ސިފައިންގެ މައި މަރުކަޒަށް ހުއްދަ ނެތި ވޭނެއް ވަން މައްސަލަ، ސިފައިންނާާއި ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އަދި މި މައްސަލައިގައި މިމަހުގެ 19ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ މީހެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފްއިން ބުނީ 18 ނޮވެމްބަރު 2019 ވީ ހޯމަ ދުވަހުގެރޭ، 21:00 ހާއިރު ބަންޑާރަކޮށި މައި ގޭޓުން ރަޖިސްޓްރީ ނަންބަރުގައި "ސީ ----" ބޯޑު ޖަހާފައިވާ ވޭންއެއް ވަނުމާއެކު ވަނީ ހުއްޓުވާފައިކަމަށެވެ.
މި ވޭން ހުއްޓުވައި ޗެކު ކުރި އިރު ވޭން، ދުއްވަން އިނީ ބިދޭސީ ޑްރައިވަރެއްކަމަށާއި މި ވޭންގައި އިތުރު މީހަކު ނެތްކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް