ދައުލަތުން މެލޭޝިޔާގެ ކުންފުންޏަކަށް 18މިިލިޔަން ޑޮލަރު ދައްކައިފި
ދިވެހި ދައުލަތުގެ ފަރާތުން މެލޭޝިޔާގެ ކުންފުންޏަކަށް 18މިލިޔަން ޑޮލަރ ދައްކައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދޭގޮތުގައި މި ފައިސާތައް ދައްކާފައިވަނީ މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏަށެވެ. އެއީ ރާއްޖޭގައި ބޯޑަ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުގެ ސަބަބުންނެވެ.
އޭޖީ އޮފީހުން ބުނީ ސަރުކާރާ އެކު ނެކްސްބިޒުން ވީ އެއްބަސްވުން އުވާލުމުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް އެ ކުންފުނިން ހުށައެޅި މައްސަލާގައި 18 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ނިންމާފައިވާ ނިންމުން ތަންފީޒުކޮށްފައިވާކަމަށެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށްޓަކައި، އެމްޑީޕީގެ ސަރުކާރުން ނެކްސްބިޒާ ހަވާލުކުރީ އޮކްޓޯބަރު 17، 2010ގަ އެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން، އޮގަސްޓް 5، 2013 ގައި ވަނީ އެ އެއްބަސްވުން އުވާލާފައެވެ.
އެހެންކަމުން އެކަމުގެ ބަދަލު ހޯދުމަށް އެ އެއްބަސްވުމުގައި ބުނެވިފައިވާ ގޮތަށް އެކުންފުނިން ވަނީ ސިންގަޕޯރގެ އާބިޓްރޭޝަން ކޯޓަށް މައްސަލަ ހުށައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް