ެއެޖެންޑާ 19ގެ ޕޯސްޓަރތައް ހިއްޕަން ފަށައިފި
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިންކަމުގައިވާ "އެޖެންޑާ 19"ގެ ޕޯސްޓަރތައް ހިއްޕުމުގެ ހަރަކާތެއް ފަށައިފިއެވެ.
މުޅި ރާއްޖެ އެކިކަންކޮޅުތަކުގައި މި ހަރަކާތް ފަށާފައިވަނީ މިއަދު ހެނދުނުގައެވެ. މި ހަރަކާތް މާލޭގައި ފައްޓަވާދެއްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މާލޭގައި މި ހަރަކާތުގައިވަނީ މަޖިލީހަށް ވާދަކުރައްވާ މެންބަރުންނާއި، އެމްޑީޕީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެން ޕޯސްޓަރ ހިއްޕުމުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވާފައެވެ.
އެމްޑީޕީ ފިޔަވައި އިތުރު ޕާޓީއަކުން އަދި މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ފަށާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް