ގާސިމަކީ އިސްލާހީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރި ބޭފުޅެއް: ޝަހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމަކީ އިސްލާހީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ މާމިގިލީ ދާއިރާއަށް ގާސިމް އިބްރާހިމް އެންޑޯޒްކުރައްވައި އާންމުކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ގާސިމް އަކީ ރާއްޖެއަށް ސިޔާސީ މިނިވަންކަމާއި އިސްލާހީ ބަދަލުތައް ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތް މަރުހަލާގައި ގާސިމް ފަދަ ތަޖުރިބާ ހުރި ފަރާތްތައް ދެން އަންނަ ދައުރެއްގައިވެސް މަޖިލީހުގައި ތިއްބެވުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޑރ.ޝަހީމް ވިދާޅުވީ ގާސިމްގެ ތަޖުރިބާ އާއި ހިއްސާ އިސްލާހީ މަސައްކަތުގައި ލިބިގެންދާނެކަމަށާއި ހާއްސަކޮށް ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމުގައި ގާސިމް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމީ ކަށަވަރުވާ ކަމެއްކަމަށެވެ.
އަދި ގާސިމް އިބްރާހިމް ފަދަ ތަޖުރިބާހުރި ގައުމީ ވިސްނުމުގެ ބޭފުޅުން މަޖިލީހުގައި ތިއްބެވުމަކީ މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް