މެންޗެސްޓާ ސިޓީއަކީ ދުނިޔޭގަ އޮތް އެންމެ މޮޅު ޓީމް: ކްލޮޕް
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަދި މެންޗެސްޓާ ސިޓީއައި ދެމެދު 7 ޕޮއިންޓުގެ ފަރަގެއް އޮތް ނަމަވެސް ސިޓީއަކީ މިވަގުތު ދުނިޔޭގަ އޮތް އެންމެ މޮޅު ޓީމް ކަމުގައި ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނެފިއެވެ.
ލީގުގައި ކުރިއަށް އޮތް މެޗުގައި ސިޓީއައި ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނައި ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ ތަރައްގީވެފައިވާ ފުޓްބޯޅައިގެ ދުނިޔޭގައި ސިޓީއައި ދެކޮޅަށް ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމުގައެވެ.
ސިޓީއާއި ކުޅެން ނުކުންނައިރު އޮންނަން ޖެހޭނީ ތައްޔާރުވެވުނު އެންމެ ރަނގަޅަކަށް ތައްޔާރުވެގެން ކަމަށައި އެހެން މެޗުތަކަށް އޭނާގެ ޓީމް ނުކުންނަހެން ސިޓީއައި ދެކޮޅަށްވެސް ނުކުންނާނީ މޮޅުވުމުގެ ރޫހުގައިކަމަށް ކޮލްޕް ބުނެފައިވެއެވެ.
މިދިޔަ ސީޒަނުގައި ރެކޯޑް އަދަދެއްކަމުގައިވާ 100 ޕޮއިންޓައިއެކު ސިޓީ ލީގު ކާމިޔާބުކުރި ނަމަވެސް އެޓީމް އެންމެ ފަހުން ލިވަޕޫލްއައި ދެކޮޅަށް ކުޅުނު ހަތަރު މެޗުވެސް ނިންމާލަންޖެހުނީ ކާމިޔާބަކައި ނުލައެވެ. 1989/90 ވަނަ ސީޒަނުގެ ފަހުން ލީގު ތަށި އުފުލާލުމުގެ އުންމީދުގައި އޮތް ލިވަޕޫލް މި ސީޒަނުގެ ލީގުގައި ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައެއް ނުވެއެވެ.
ފާއިތުވެގެން ދިޔަ ސީޒަނުގެ ޗެންޕިއަންސް ލީގް ފައިނަލުގައި ލިވަޕޫލް ބަލިވި ބަލިވުން އޭނާއައި ކުޅުންތެރިން ހަނދާން ނައްތާލާފަވާ ކަމަށައި ފައިނަލަށް ދަތުރު ކުރެވުމަކީ ވަރަށް ހާއްސަކަމެއް ކަމުގައި ކްލޮޕްގެ ވާހަކައިގަ ފާހަގަކޮށްފައިވެއެވެ.
ސިޓީގެ އެއްތިހާދް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ސިޓީ އަދި ލިވަޕޫލް ބައްދަލު ކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 4 ޖަނަވަރީވާ ހުކުރު ދުވަހު ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް