އަދާހަމަ: މިސްކިތް ބަންދުކުރީ ވަގުތީ ގޮތުންކަމަށް އައިޖީއެމްއެޗްއިން ހާމަކޮށްފި
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ހުރި މިސްކިތް ބަންދުކުރީ ދާއިމީކޮށް ނޫންކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.
އެގޮތުން އެ ހޮސްޕިޓަލުން ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި މިސްކިތް ބަންދުކޮށްފައިވަނީ ވަގުތީ ގޮތުންނެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވިގޮތުގައި މިސްކިތް ބޭނުންކުރި ތަނުގައި ހޮސްޕިޓަލުގައި ބޭނުން ކޮށްފައި ހުންނަ އެކި ބާވަތުގެ މެޑިކަލް ތަކެތި ނައްތާލާ މެޝިނެއް ބަހައްޓާފައި ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އައިޖީއެމްއެޗްއިން މިފަދައިން ހާމަކޮށްފައިވަނީ މިސްކިތް ބަންދުކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށްކަން ފާހަގަކޮށްލަންޖެހެއެވެ.
މިސްކިތް ބަންދުކުރުމާ ގުޅިގެން "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައި އެ ހޮސްޕިޓަލްގެ ޕީއާރ އޮފިޝަލެއް ވިދާޅުވިގޮތުގައި މުވަޒަފުންނަށް ނަމާދުކުރުމުގެ އިންތިޒާމް ދަރުމަވަންތަ ހޮސްޕިޓަލްގެ 5 ވަނަ ފަންގިފިލާގައި ހަމަޖެހިފައިވާނެއެވެ. އަދި ވޯޑުތަކުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ކުރަމުންއަންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައިޖީއެމް ހޮސްޕިޓަލަކީ އިންޑިއާގެ އެހީގައި އަޅާދީފައިވާ ހޮސްޕިޓަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް