އަދީބުގެ ގޭބަންދު އަމުރު ތަންފީޒުުކުރުން ހުއްޓުވައިފި
ކުރީގެ ނައިބު ރައީސް އަހުމަދު އަަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްފުރުމާއި މެދު ވަކިގޮތެއް ނިމެންދެން ގޭބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ކުރި އަމުރު، ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ މިއަދު ހަވީރުއެވެ.
އެކޯޓުގެ އަމުރުގައި ވަނީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ ވަކި ގޮތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަންދެން، ދިވެހިރާއްޖޭގެ ހައިކޯޓުން އިއްޔެ ނެރެފައިވާ އަމުރު ތަންފީޒު ކުރުން ވަގުތީގޮތުން ފަސްކުރުމަށް ބުނެފައެވެ.
އަދި އެ އަމުރު ތަންފީޛު ކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް އަންގާ އަމުރު ކުރާކަމަށްވެސް ވަނީ ބުނެފައެވެ.
އަދީބް މިވަގުތު ހުންނެވީ އެމަނިކުފާނުގެ އަނބިކަނބަލުންގެ ގެކޮޅުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް