ސިއްދީގުގެ ކެމްޕެއިން ޕޯސްޓަރތަކަށް ގެއްލުންދީފި
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ސިއްދީގްގެ ކެމްޕެއިން ޕޯސްޓަރތަކަކަށް ގެއްލުންދީފިއެވެ.
އެގޮތުން ތުލުސްދޫގެ ބައެއް ގޭގެގެ ފާރުތަކުގައި ހުރި ސިއްދީގްގެ ޕޯސްޓަރތައް ވަނީ އިރާލާފައެވެ.
މިކަމާއި ގުޅިގެން ސިއްދީގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެބޭފުޅާގެ ކެމްޕެއިން މެޓީރިއަލްތަކަށް ގެއްލުންދީފިއެވެ. އެފަދަ ފިނޑި އަމަލުތައް ނުހިންގުމަށް ގޮވާލާ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
ސިއްދީގް އިތުރަށް ވިދާޅުވީ ހަމަހަމަކަމާއި އެކު ކެމްޕެއިން ކުރުމުގެ ފުރުސަތު އެބޭފުޅާއަށްވެސް އޮންނާނެކަމަށެވެ.
މިފަހަކަށް އައިސް ގިނަ މަޖިލިސް އިންތިޚާބުގެ ކެނޑިޑޭޓުންގެ ޖަގަހަތަކަށް ގެއްލުުންދީ، ކެމްޕެއިން ޕޯސްޓަރތަކަށް ދަނީ ގެއްލުން ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް