ކުޅުދުއްފުށީގައި 16 އަހަރުގެ ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހދ. ކުޅުދުއްފުށި ސިޓީގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ އެސިޓީ، ބްލޫބާޑް ޝަޒްފާ ޢަބްދުﷲ އިބްރާހިމެވެ. ޝަޒްފާ ނިޔާވެފައިވާކަން އެނގުނީ ހެނދުނު ހަބަރެއް ނުވެގެން ގޮސް ބެލުމުންނެވެ.
ޝަޒްފާއަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހެލްތް ކެއާ އެޓެންޑް ސާމިޔާ އަލީގެ ދަރިފުޅެވެ. ޝަޒްރާ އަކީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެކެވެ. އެ މަރުކަޒުން ވަނީ ޝަޒްރާ ނިޔާވުމާއި ގުޅިގެން ތައުޒިޔާ ކިޔާފަ އެވެ.
ޝަޒްރާ ގެންދިޔައީ ގުރޭޑް 10 ގައި ކިޔަވަމުންނެވެ. އޭނާ އަކީ އެ މަރުކަޒުގެ އީއެލްއޭގެ ވައިސް ޕްރެޒިޑެންޓް އެވެ.
ޝަޒްފާގެ ޖަނާޒާ އޮތީ މިއަދު އަސްރު ނަމާދަށް ފަހު މަސްޖިދުލް ހަޟާރަތުގަ އެވެ.
ވަޅުލާނީ ރަޙްމާ ސަހަރާގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް