އަދޫގެ ހިދުމަތް އަބަދުވެސް ފެންނަން ހުންނާނެ: ޝަލަބީ
އިއްޔެ ނިޔާވި ފޮޓޯގްރާފަރ އަދުހަމް މުހައްމަދުގެ ހިދުމަތްތައް އަބަދުވެސް ފެންނަން ހުންނާނެ ކަމަށް ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް ބުނެފިއެވެ.
ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުން އައި އަދޫ އަކީ ޝަލަބީގެ އޮފިޝަލް ފޮޓޯގްރާފަރގެ ގޮތުގައި މަސައްކަތް ކުރަމުން އައި ހުނަރުވެރި ޒުވާނެކެވެ. އުމުރުން 24 އަހަރުގެ އަދުހަމް ނިޔާވުމާއިއެކު ޝަލަބީގެ ރަސްމީ ފޭސްބުކްގައި އޭނާ ވަނީ، އެހަބަރު އިވުމުން ވަރަށް އަދަރު ކުރި ކަމަށް ބުނެފައެވެ.
"އަދޫގެ ހަނދާންތަކާއި މަސައްކަތްތައް އަދި ހިތްހެޔޮ ހިދުމަތް އަބަދުވެސް ފެންނަން ހުންނާނެ. ﷲ ސުބްހާނަހޫ ވަތަޢާލާ އަދުހަމްގެ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ދާއިމީ ނިއުމަތތް މިންވަރު ކުރައްވާށި. އާމީން" ޝަލަބީ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވެއެވެ.
އަދުހަމް "ދޯ"އަށް ދިން އިންޓަވިޔުއެއްގައި ބުނެފައިވަނީ އޭނާ ފޮޓޯގްރަފީގެ ދދާއިރާއަށް ޝައުގުވެރިކަން އުފެދުނީ އިރުއޮއްސޭ މަންޒަރާއި، މަގުމައްޗާއި، ފެންނަ ކޮންމެ އެއްޗެއް ފޮޓޯ ނަގަމުން ދަނިކޮށް ކަމަށެވެ. އަދި އޭރު ނަގަމުން ދިޔަ ފޮޓޯތައް އާއިލާއާއި ގާތް އެކުވެރިންނަށް ކަމުގޮސް، އެމަސައްކަތަށް ޝައުގުވެރިކަން އުފެދުނީ ކަމަށް އަދޫ ވަނީ ބުނެފައެވެ.
އަދޫ ނިޔާވެފައިވަނީ، އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް