ނިދާފައި އިން ޑްރައިވަރަށް ތިން ދުވަސް ޖަހައިފި
އިއްޔެ ހެނދުނު ހިނގި އެކްސިޑެންޓްގައި ޔޫކްރެއިންގެ ފަތުރުވެރިއަކު މަރުވި ހާދިސާއާއި ގުޅިގެން އެމްޓީސީސީ ބަހުގެ ޑްރައިވަރުގެ ބަންދުގެ މުއްދަތަށް ތިން ދުވަސް ޖަހައިފިއެވެ.
ފިތުރޯނު މަގުން އެފްއެސްއެމްގެ ޕެޓްރޯލް ޝެޑު ކައިރިން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހެއްގެ ދަށުވެ މަރުވީ އުމުރުން 31 އަހަރުގެ، ޔޫކްރެއިނަށް ނިސްބަތްވާ ފަތުރުވެރިއެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގިއިރު، އެ އަންހެން މީހާއާއި އޭނާގެ ލޯބިވެރިޔާ އުޅުނީ މަގުމަތީގައި ހިނގާލަން ނުކުމެއެވެ.
އެވަގުތު ދުއްވާފައި އައި އެމްޓީީސީސީގެ ބަސް ކޮންޓްރޯލް ނުވެ، އެ ދެ މީހުންނާ ދިމާއަށް ދާން ފެށުމުން ދުއްވައިގަތް ވަގުތު މަގުގެ އެއް ފަޅީގައި ހަދާފައިވާ ހުރި ގާފޮޅެއްގައި ޔޫކްރެއިން މީހާގެ ފައި ތާށިވެ، އޭނާ ބަހުގެ ދަށުވީ ކަމަށް އޮންލައިން ނޫސް މިހާރުން ވަނީ ރިޕޯޓްކޮށްފައެވެ.
އެ މަގުގެ އެއް ފަޅީގައި އޮތް ވަލަށް ބަސް ވަދެގެން ދިޔައީ އެ މީހާގެ ގައިގެ މަތިން ދުއްވާފައިކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް