ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް އަާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރަކަށް ބަދަލުކުރަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭ ސަރަހައްދުގައި ޖީ.ޕީ އަދި އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ޤާއިމުކުރުމަށްޓަކައި ދަމަނަވެށި ހިންގާ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ދަމަނަވެށިން ބުނީ، ކުރީގެ ތެލެސީމިއާ ސެންޓަރާއި މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް މަރާމާތުކޮށް، އެތަނަކީ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މި މަރާމާތުގެ މަސައްކަތް ކުރިއަށްދާ ވަގުތު، އާންމުންނަށް ދެމުންދާ ޚިދުމަތްތަކަށް ބުރޫނާރާނޭހެން ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން، 01 ޖޫންއިން ފެށިގެން ދަމަނަވެށިން ދެމުން އަންނަ ޚިދުމަތްތައް ވަގުތީ ގޮތުން ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ މަރުކަޒުތަކުންނެވެ:
މާފަންނުގައި ޤާއިމުކޮށްފައިވާ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު.
ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ޕަބްލިކް ހެލްތު ޔުނިޓާއި ޖީ.ޕީ ކްލިނިކް.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް