ނާސިފް ދީދީ މަޖިލިސް އިންތިހާބަށް ކުރިމަތިލަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި
ނިމިދިޔަ ރައީސް ޔާމީނުގެ ސަރުކާރުގައި އެޗްޑިސީ އަދި ތިލަފުށީ ކޯޕަރޭޝަންގެ މަގާމު އަދާކުރެއްްވި އަހުމަދު ނާސިފް ދީދީ މިއަހަރު އޮންނަ މަޖިލިސް އިންތިހާބަށް ކުރިމަތިލަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ކަމަށް އިޢުލާނު ކުރައްވައިފިއެވެ.
ނާސިފް މިކަން އިޢުލާނުކޮށްފައިވަނީ އިއްޔެ އޭނާގެ ރަސްމީ ޓްވިޓާ އެކުައުންޓުން ކޮށްފައިވާ ޓްވީޓެއްގައެވެ. މި ޓްވީޓުގައި އަހުމަދު ނާސިފް ވިދާޅުވެފައިވަނީ ރައްޔިތުންނަށް އިޙުލާސްތެރި ޙިދުމަތެއް ކޮށްދެވޭނީ މިނިވަން މެމްބަރެއްގެ ގޮތުގައި ހުރެގެން ކަމަށެވެ. އަދި މާތްﷲ ގެ އިރާދަފުޅާއެކު 2019 މަޖްލިސް އިންތިހާބުގައި ވާދަކުރައްވާނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ.
މިއަހަރުގެ މަޖްލިސް އިންތިހާބުގައި ނާސިލް ކުރިމަތިލައްވަން ނިންމަވާފައިވަނީ ހެނވޭރު ހުޅަނގު ދާއިރާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް