ކޯޓުތަކާއި ގޭންގްތަކާއި އޮތް ގުޅުން ބަލަންޖެހޭ: ރައީސް ނަޝީދު
ދިވެހިރާއްޖޭގެ ކޯޓުތަކާއި ގޭންގްތަކާއި އޮތް ގުޅުން ޖޭއެސްސީގެ ފަރާތުން ބަލަންޖެހޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގެ އިނގުރައިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ހަސަން އަހުމަދު (ހަސަންޓޭ)ގެ ކެމްޕޭނު ލޯންޗުކުރުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޯޓުތަކާއި ގޭންގްތަކާއި މެދު އޮތް ގުޅުމާއި ބެހޭގޮތުން ހުސްނުއްސުއޫދު ދެއްކެވި ވާހަކަތައް ގަބޫލުފުޅުކުރެއްވޭ ކަމަށާއި ހުސްނުއްސުއޫދު އިތުރުފުޅު ހައްދަވާފާނެކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
ރައީސް ނަޝީދު ވަނީ އެފަދަ މައްސަލައެއް އޮތްނަމަ ޖޭއެސްސީގެ ފަރާތުން ބަލަންޖެހޭނެކަމަށް ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް