ގަމު ފެނުގެ މަޝްރޫޢު ނިންމައި، ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފި
ލ.ގަމުގެ ފެނުގެ މަޝްރޫޢު ނިންމައި، ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމާއި ގުޅޭގޮތުން އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ، ގޭބިސީތަކަށް ޚިދުމަތް ފޯރުކޮށްދޭން ފެށި ނަމަވެސް މިހާރު ކުރިއަށްދަނީ މަޝްރޫޢުގެ ޓެސްޓު މަރުޙަލާކަމަށެވެ.
ލ.ގަމުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް 2023 ވަނަ އަހަރު ފެށިއިރު، މި މަޝްރޫޢުގެ ދަށުން ގަމުގައި 250 ޓަނުގެ 2 އާރްއޯ ޕްލާންޓާއި ފެން ރައްކާކުރުމަށް 1080 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 720 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކު ވަނީ ޤާއިމުކޮށްފައެވެ.
މީގެ އިތުރުންވެސް 60 ޓަނުގެ ވާރޭ ފެން ޕްލާންޓެއް ޤާއިމުކޮށް 900 ޓަނުގެ ވާރޭ ފެން ރައްކާކުރާ 1 ޓޭންކެއްގެ އިތުރުން ޕްލާންޓްތަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށް 25 ކިލޯވޮޓްގެ ސޯލާ ނިޒާމެއްވެސް ވަނީ ޤާއިމުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް