ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ، މާލޭ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި، މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިސްކިތުން ވައްކަންކުރާ މައްސަލައަކީ މިފަހުން ވަރަށް އާއްމު ވެފައުވާ މައްސަލަ އެކެވެ. އެގޮތުން މިސްކިތު ފަންކާ ވަގަށް ނެގުމުގެ މައްސަލަ އިންތުހާއަށް ބޮޑުވެފައިވާއިރު، ފުލުހުން ވަނީ ދާދުފަހުން އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައެވެ.
އަދި ވަގަށް ނެގި ފަންކާ ތަކެއްވެސް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް