ޔުނައިޓެޑްގެ ސީޒަން ޓިކެޓްތަކުގައި ވަގުތީ ކޯޗް ޝޯލްޝާގެ ފޮޓޯތައް
ކުރިއަށް އޮތް 2019/20 ސީޒަނުގެ ޔުނައިޓެޑް ޓިކެޓްތަކުގައި ވަގުތީ ކޯޗްކަމައި ހަވާލުވެހުރި ޝޯލްޝާގެ ފޮޓޯތައް އެ ކްލަބުން ބޭނުންކޮށްފިއެވެ.
ޝޯލްޝާވެސްވަނީ މިކަން ޔާގިންކޮށްދީފައެވެ. އެގޮތުން މީޑިއާތަކައި ވާހަކަ ދައްކަމުން އޭނާބުނީ ޝޫޓިންގ އެއްގައި ބައިވެރިވެފައިވާނެ ކަމަށައި އަންނަ ސީޒަނުގެ ޓިކެޓްތައް ގަތުމަށް ހުރިހާ ސަޕޯޓަރުންގެ ކިބައިން އެދޭ ކަމަށެވެ.
އިނގިރޭސި މީޑިއާތަކުންވަނީ މިއީ ޔުނައިޓެޑްގެ ދާއިމީ ކޯޗްއަކަށް ޝޯލްޝާ ހަމަޖެހިފައިވާކަމުގެ ހެއްކެއްކަމުގައި ބުނެފައެވެ.
ސީޒަން ޓިކެޓްތަކުގައި ޝޯލްޝާގެ ޕޮޓޯތައް ބޭނުން ކޮށްފައިވާއިރު އޭނާއަށް ކްލަބްގެ ދާއިމީ ކޯޗް ކަމުގެ މަގާމް ހަވާލުކޮށްފައިވާކަން ޔުނައިޓެޑުން އިއުލާނުކޮށްފައެއް ނުވެއެވެ.
ޝޯލްޝާ ޔުނައިޓެޑައި ހަވާލުވުމަށްފަހު އެ ކްލަބުން އަންނަނީ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް