ޒުވާނުންނަށް ދީނުގެ ސައްހަ މައުލޫމާތު ދޭންޖެހޭ: ޝެއިހު އިލްޔާސް
ހަރުކަށި ފިކުރާއި ދީނަށް ފުރައްސާރަ ކުރުމުގެ ފިކުރުން ޒުވާން ޖީލު ސަލާމަތް ކުރެވޭނީ ދީނުގެ ސައްހަ މައުލޫމާތު، ޒުވާނުންނަށް ދެވިގެން ކަމަށް އައްޝެއިހު އިލްޔާސް ހުސެން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުންނާއި، އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުން އިތުރުވަމުން އަންނަ ކަމަށް ބުނެ ގިނަ ބަޔަކު މީސްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައި ޝެއިހު އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނަށް ފުރައްސާރަ ކުރުމާއި، ހަރުކަށި ފިކުރު ފެތުރިގެން ދިއުން ހުއްޓުވުމުގެ ގޮތުން ޒުވާނުންގެ އަގީދާ ވަރުގަދަ ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އަދި ތައުލީމީ އިދާރާތަކާއި، ބެލެނިވެރިންވެސް އެކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ޝެއިހު ވަނީ ވިދާޅުވެފައެވެ.
ޝެއިހު އިލްޔާސް އެހެން ވިދާޅުވިއިރު، ރާއްޖޭގައި "މިނިވަން ފިކުރު"ގެ މީހުންނާއި ހަރުކަށި ފިކުރުގެ މީހުން ގިނަ ކަމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް