އަލީ ވަހީދުގެ ދިފާއުގައި ހޯމް މިނިސްޓަރ އިމްރާން ވާހަކަފުޅު ދައްކަވައިފި
ސާރވިސް ޗާޖާއި ބެހޭގޮތުން ވިދާޅުވި ބަސްފުޅާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް އަންނަމުންދާ ފާޑުކިޔުންތަކުގެ ދިފާއުގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވައިފިއެވެ.
އަލީ ވަހީދުގެ ދިފާއުގައި އިމްރާން ވާހަކަފުޅު ދައްކަވާފައިވަނީ ޓްވިޓަރ މެދުވެރިކުރައްވައެވެ.
ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ފުރިހަމަ މަންފާ ރާއްޖެއަށް ލިބުމަށްޓަކައި އެންމެ މުހިންމު ކަމަކީ ސިނާއަތުގެ އާމްދަނީ ގިނަ ރައްޔިތުންނަށް ބެހިގެން ދިޔުންކަމަށެވެ. އެކަމަށްޓަކައި އެންމެ ފުރަތަަމަ ބަދަލުވާންޖެހޭ ކަމަކީ ރިސޯޓް މުވައްޒަފުންގެ މުސާރައާއި ސާރވިސް ޗާޖް ޖުމްލަކޮށް މިހާރަށްވުރެ ހަރުދަނާވުންކަމަށް އިމްރާން ވިދާޅުވިއެވެ.
އެބޭފުޅާ އިތުރަށްވަނީ މިނިސްޓަރ އަލީ ވަހީދު އެކަމަށްޓަކައި ކުރައްވާ މަސައްކަތް ގާތުން ދެކިލައްވާކަމަށް ވިދާޅުވެފައެވެ.
އިމްރާން ވިދާޅުވީ ސިޔާސީ މައިދާނުގައި އަލީ ވަހީދާއި އެކު ކުރެވުނު ތަޖުރިބާގެ އަލީގައި އާންމު ރައްޔިތުންގެ ޖުމްލަ މަސްލަހަތު ނަގަހައްޓަން އަލީ ވަހީދަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް