އިންޑިއާ ސަރުކާރުން ދިން ލެޑް މަގުބައްތިތައް ބޭނުންކުރަން ފަށައިފި
އިންޑިއާގެ ސަރުކާރުން ހިލޭއެހީގެ ދަށުން ހަދިޔާކުރި ލެޑް މަގުބައްތިތައް ބޭނުންކުރަން ފަށައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިނިސްޓްރީއަށް ލިބިފައިވާ 500 މަގުބައްތި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަގުތަކުގައި ހުރި ލެޑް ނޫން ބޮކިތައް ކަރަންޓު ހަރަދުކުޑަ ލެޑް ބައްތިއަށް ބަދަލުކުރުމަށް ކަމަށެވެ
މިއީ އިއާދަކުރަނިވި ހަކަތައާއި އެނާޖީ އެފިޝިއަންސީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި އެންވަޔަރަމަންޓް މިނިސްޓްރީއާއި އިންޑިއާ ސަރުކާރުގެ އެނާޖީ އެފިޝިއަންސީ ލިމިޓެޑާ ދެމެދު މިމަހުގެ 17 ވަނަ ދުވަހު ސޮއިކުރެއްވުނު އެމްއޯޔޫގެ ދަށުން އިންޑިއާ ސަރުކާރުން ހަދިޔާކުރާ 2500 ލެޑް މަގުބައްތީގެ ތެރެއިން ހިމެނޭ ބައްތިތަކެކެވެ.
އެގޮތުން އިއްޔެ ވަނީ އިއްޒުއްދީން މަގުގައި ހުރި ބޮކިތައް ބަދަލުކުރަން ފަށާފައެެވެ.
އިއްޒުއްދީން މަގުގައި ހުރި ބޮކިތައް ބަދަލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ މަގުގައި ހުރި ބޮކިތައް ލެޑް ބޮކިތަކަށް ބަދަލުކުރުން ފައްޓަވައިދެއްވީ އެންވަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ޝަރީފް ހުސައިނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިންޑިއާ ސަރުކާރުން ހަދިޔާކުރާ 2500 ބައްތި ހަރުކޮށް ކޮންމެ ދުވަހެއްގެ 12 ގަޑިއިރު އެ ބައްތިތައް ބޭނުންކުރުމުން ދުވާލެއްގެ މައްޗަށް 480 ކިލޯވޯޓުއަވާގެ ހަކަތަ ސަލާމަތް ކުރެވޭނެ ކަމަށެވެ.
އެއީ ދުވާލަކަށް 40 ގެއަށް ބޭނުންވާ ކަރަންޓާ އެއްވަރު އަދަދެއް ކަމަށް މިނިސްޓަރ ފާހަަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް