ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ދިއުމަށް ރައީސް އެދިވަޑައިގެންފި
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އެދިވަޑައިގެންފިއެވެ.
ރައީސް ސޯލިޙް މިގޮތަށް އެދިވަޑައިގެންނެވީ މިއަދު ވޯޓު ދެއްވުމަށް ވަޑައިގެންނެވުމަށްފަހު މީޑިޔާތަކާއި ވާހަކަ ދައްކަވަމުންނެވެ.
މީގެ އިތުރުން ރައީސް ސޯލިހު މީޑީއާތަކަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބުގެ ކަންކަން ރޭވިފައި ހުރީ ރަނގަޅަށް ކަމަށެވެ.
މިއަދުގެ އިންތިޚާބުގައި ގިނަ ބަޔަކު ބައިވެރިވުމަށް ރައީސް ސޯލިޙް ގޮވާލެއްވި އިރު މިއަދުގެ ހެނދުނު ވޯޓު ލާން ނިކުމެފައި ވަނީ ނިސްބަތުން މަދު ބައެކެވެ.
އެހެން ނަމަވެސް މިހާރު ބައެއް ވޯޓު ފޮށިތައް ކައިރީގައި ވޯޓުލުމަށް ގޮސް ގިނަ އަދަދެއްގެ މީހުން ތިބިކަން ފާހަގަކޮށްލެވެއެވެ.
ޖުމްލަ 264،442 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ މިފަހަރުގެ މަޖިލިސް އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އިންތިޚާބަށް ޖުމްލަ 501 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
ރައްޔިތުންގެ މަޖިލީހަށް މިފަހަރުގެ އިންތިޚާބުގައި 87 މެންބަރުން ހޮވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް