ފްލެޓްތަކަށް ފޯމު ލުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލިކަމަށް ބުނެ ސްކޭމެއް، ސަމާލުވޭ!
ފްލެޓްތަކަށް ފޯމު ލުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލިކަމަށް ބުނެ ސްކޭމް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދެފިއެވެ.
މިގޮތުން ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުން ފްލެޓްތަކަށް ފޯމު ލުމުގެ ފުރުސަތު އެޗްޑީސީން އަލުން ހުޅުވާލައިފިކަމަށާއި ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ލިންކު ހިމެނޭގޮތަށް ދައުރުކުރަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫންކަމަށެވެ.
ފުލުހުން ވަނީ މިފަދަ ލިންކުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން، މި މައްސަލަ ހައްލުކުރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އޭގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރެއް ގާއިމުކުރުން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް