އިރާނަށް ޖާސޫސު ކޮށްދިންކަމަށް އިޒްރޭލުގެ ކުރީގެ ވަޒީރަކު އިއުތިރާފުވެއްޖެ
އިރާނަށް ޖާސޫސުކޮށްދިންކަމަށް އިޒްރޭލުގެ ކުރީގެ ވަޒީރަކު އިއުތިރާފްވެއްޖެއެވެ.
އިރާނަށް ޖާސޫސުކޮށްދިންކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވަނީ 1990ގެ ތެރޭގައި އިޒްރޭލުގެ ހަކަތައާއި ބެހޭ ވަޒީރުގެ މަގާމު އަދާކުރި ގޮނެން ސެގެވްއެވެ.
ސެގެވް ބުނިގޮތުގައި އޭނާ އިރާނުގެ ޖާސޫސަކަށްވެފައިވަނީ 2007 ވަނަ އަަހަރުން ފެށިގެން ނައިޖީރިޔާގައި ޑޮކްޓްރީކަން ކުރަން ހުއްޓައެވެ. މި ދުވަސްވަރު އޭނާ ނައިޖީރިޔާގައި ހުންނަ އިރާނުގެ އެމްބަސީއަށް ޒިޔާރަތްކޮށް، އިރާނަށްވެސް ދަތުރުކޮށްފައިވާކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.
ސެގެވް ބުނިގޮތުގައި އޭނާ ވަނީ އިޒްރޭލުގެ ހަކަތައިގެ ދާއިރާއާއި ސިޔާސީ އިސްވެެރިންގެ މައުލޫމާތުތައް، އިރާންއަށް ހިއްސާކޮށްފައެވެ. އޭނާ ހައްޔަރުކުރެވުނީ އެކަންތައްތައް ފަޅާއެރުމުން ފިލައިގެން ގޮސް އިކުއިޓޯރިއަލް ގިނީގައި ހުއްޓައެވެ.
އޭނާގެ މައްޗަށް ޖަލުހުކުމެއް އިއްވާނީ އަންނަ މަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް