ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަނީ
ކްރިމިނަލް ކޯޓަށް ދެ ގާޒީއަކު ހޯދުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.
ގާޒީ ކަމަށް އެދި ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރަށް ވުރެ މަތީ މީހަކަށް ވާން ޖެހެ އެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހެއްކަމުގައި ވާންވާނެއެވެ.
އަދި މީގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށް ވެސް ވާންޖެހޭނެއެވެ.
ކްރިމިނަލް ކޯޓަށް އިތުރު ދެ ގާޒީން ހޯދުމަށް އިއުލާންކުރީ ސުޕްރީމް ކޯޓުގެ އިރުޝާދުގެ މަތިންނެވެ.
ގާޒީކަމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ 13:00ގެ ކުރިން އެ ޖޭއެސްސީއަށް ހުށަހަޅަން ޖެހޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް