މާލޭގައި ދުއްވާފައިދިޔަ ސައިކަލެއްގައި ރޯވެއްޖެ
މާލޭގެ މަގުމަތިން ދުއްވާފައިދިޔަ ސައިކަލެއްގައި އަލިފާން ރޯވެއްޖެއެވެ.
މިއަދު 1840 ހާއިރު ތާޖުއްދީން ސްކޫލު ކައިރިން ދުއްވާފައި ދިޔަ ސައިކަލެއްގައި އަލިފާން ރޯވެފައިވާ ކަމަށް ފުލުހުންެވެސް ވަނީ ޔަގީންކޮށްދީފައެވެ.
ފުުލުހުން ބުނީ އެ ސައިކަލުގައި އިން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށާއި އެ ހާދިސާގައި އިތުރު މީހަކަށްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
މި ސައިކަލްގައި އަލިފާން ރޯވިތާ ގިނަ އިރުތަކެއް ނުވެ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް