މަޖިލިސް ރައީސްގެ އަރިހަށް އިންޑިއާ ސަފީރު ޒިޔާރަތް ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދުރީއާ އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މަޖިލިސް ރައީސް އާއި އިންޑިއާ ސަފީރު ސަންޖޭ ސުދުރީއާ ކުރެއްވި ބައްދަލުވުމުގެ އިތުރު ތަފްސީލެއް މަޖިލިސް އިދާރާއަކުން ނުދެއްވައެވެ.
މަޖިލިސް ރައީސް، ރައިސް ނަޝީދު އިންޑިއާ ސަފީރާ ބައްދަލު މިކުރެއްވީ އަންނަ މަހުގެ ހަތްވަނަ ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ނިންމަވާފައި އޮތުމުން އެ ފުރުސަތު ބޮޑުވަޒީރު މޯދީއަށް ދޭން މަޖިލީހުން ފާސްކޮށްފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް