އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޒާހިދު އަދި ނައިބަކަށް ޞަލާޙް އައްޔަނުކުރައްވައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމަށް މިހާރު އެ ކޮމިޝަންގެ މެންބަރުކަން ކުރައްވަމުން ގެންދަވާ މުޙައްމަދު ޒާހިދު، އަދި ނާއިބަކަށް އެ ކޮމިޝަންގެ މެންބަރު ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އައްޔަނުކުރައްވައިފިއެވެ.
މި ދެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ އިއްޔެއެވެ. އީސީގެ ރައީސް ކަމަށް ޒާހިދު އައްޔަންކުރަން 68 މެންބަރުން ރުހުން ދިން އިރު، ނައިބު ރައީސްކަމަށް ޞަލާޙް އައްޔަންކުރުމަށް 69 މެންބަރުން ވަނީ ރުހުން ދެއްވާފައެވެ.
ދެބޭފުޅުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރައްވާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 26 ވީ އާދިއްތަ ދުަވަހުއެވެ. ޒާހިދު ވަނީ މީގެކުރިން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ނައިބު ރައީސްކަން ކުރައްވާފަ އެވެ. އަދި ސަލާހު ވަނީ އީސީގެ ޑިރެކްޓަރގެ މަގާމުގެ އިތުރުން އެކްޓިން ސެކެޓްރީކަން ކުރައްވާފަ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް