ހުޅުމާލޭ ރަށު މާާރުކޭޓްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި އެޗްޑީސީން ތަރައްގީކޮށްފައިވާ ރަށު މާރުކޭޓްެގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
އެޗްޑީސީ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިކަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ 13:00 ގައި ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އިމާރާތުގައި ކަމަށެވެ.
އަދި ބިޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ރަށު މާރުކޭޓުގައި ގާއިމްކޮށްފައިވަނީ ދެ ބާވަތެއްގެ ގޮޅިތަކެކެވެ. އެއީ ޑްރައި ސްޓޯލާއި ވެޓް ސްޓޯލްއެވެ.
ޑްރައި ސްޓޯލުތަކަކީ ކާބޯތަކެތި ވިއްކުމަށް ހަމަޖައްސާފައިވާ ގޮޅިތަކެވެ. އަދި ވެޓް ސްޓޯލުތަކަކީ ރޯމަސް ވިއްކުމަށް ހަމަޖެހިފައިވާ ގޮޅިތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް