މަރުހޫމް އިޙްސާން ޢަބްދުލްޢަނީ (ސާންތީ) ކޯޗަށް ހިދުމަތުގެ ޤައުމީ އިނާމް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދިވެހިރާއްޖޭގެ ކުޅިވަރަށް ކޮށްދެއްވި ހިދުމަތް ފާހަގަކުރުމުގެ ގޮތުން އަލްމަރްހޫމް އިޙްސާން ޢަބްދުލްޣަނީގެ ހަނދާނަށް ޤައުމީ އިނާމް މިއަދު އަރުވައިފިއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ސާންތީ ކޯޗްގެ އާއިލާގެ ފަރާތުން ޤައުމީ އިނާމާ ހަވާލުވީ ކޯޗްގެ ކޮއްކޮ އަހުސަން އަބްދުލްގަނީއެވެ. ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ކޯޗް ސާސްތީ ނިޔާވީ ކެންސަރުބައްޔަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށް މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.

ސާންތީއަކީ ފުޓްބޯޅައިގައި ކާމިޔާބު އަދި ކުޅުންތެރިން އުފެއްދުމުގައި ފާހަގަކޮށްލެވޭ ކޯޗެކެވެ. ފުރަތަމަ ފަހަރަށް ދިވެހި ޓީމު ރަން މެޑަލް ހާސިލުކުރީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗްގެ މަގާމުގައި ސާންތި ހުރި ދުވަސްވަރު އެވެ. ސާންތީ ވަނީ އެކި ފަހަރުމަތިން ޤައުމީޓީމްގެ އިތުރުން އެފްއޭއެމްގައިވެސް މަސައްކަތްކޮށްފައެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް އަދާކޮށްފައިވާ ސާންތި ވަނީ ދާއިރާއިން މަތީ ތައުލީމުވެސް ހާސިލްކޮށްފައެވެ.
ސާންތި ވަނީ ޔުނައިޑެޓް ވިކްރީ އާއި އީގަލްސްއަށް ކޯޗްކަން ކޮށްދީފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ވަރަށްގިނަ ޒުވާން ކުޅުންތެރިން ފުޓްބޯޅަ ދަނޑަށް ނެރުމަށް އަމަލީގޮތުންވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް