އުލިގަން ޔޮޓް މެރީނާ ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އުލިގަން ޔޮޓް މެރީނާ ޑިޒައިންކުރުމާއި އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިއަދު ބުނީ އުލިގަން ޔޮޓް މެރީނާ ޑިޒައިންކުރުމާއި އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށާ ޝައުގުވެރިވާ ބަޔަކު އަންދާސީ ހިސާބު ހުށައެޅުމަށް ހުޅުވާލާ ކަމަށެވެ.
* މައުލޫމާތު ސާފުކުރުން - މާޗް ހަތްވަނަ ދުވަހު
* އަގު ހުށަހެޅުމުގެ ސުންގަޑި - މާޗް ނުވަވަނަ ދުވަހު
* ހުށަހަޅާނެ ގޮތް - [email protected] އަށް އީމެއިލް މެދުވެރިކޮށް
ޕޯޓްސް އިން ބުނީ ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ކަމަށެވެ. އަންދާސީ ހިސާބު ހުށަހަޅާއިރު އަގު ހުށަހަޅާ ފޯމް، ދާއިރާގެ ތަޖުރިބާ އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށައެޅުމަށް ވަނީ އެދިފަ އެވެ.
އެމްޕީއެލް އިން ބުނީ އެ ންފުނީގެ ބިޑްތަކަށް ރަޖިސްޓާ ވުމުގެ ކުރިން، ކުންފުނީގެ ސަޕްލަޔާ އެއްގޮތުގައި ސަޕްލަޔާ ޕޯޓަލްގައި ރަޖިސްޓަރ ކުރަން ޖެހޭނެ ކަމަށެވެ.
އުލިގަމަކީ ޔޮޓްތަކުގެ އެންމެ ޑިމާންޑް ބޮޑު މަންޒިލެވެ. އެ ރަށުގައި ޔޮޓް މެރީނާއެއް އެޅުމަކީ އަހަރުތަކެއްގެ ކުރީން ފެށިގެން ދައްކަމުންދާ ވާހަކަ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް