ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަައްޔަރުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށްފިއެވެ.
ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތިން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ.
އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލިފައިވާ މަނީ ލޯންޑަރިންގްގެ މައްސަލައާއި ގުޅިގެން، ހެކިންގެ މައްޗަށް ނުފޫޒު ފޯރުވަފާނެކަމުގެ ތުހުމަތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ޝަރީއަތް ނިމެންދެންނެވެ.
އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރުފަހު އޮތް ޝަރީއަތުގެ މަޖިލީހުގައެވެ.
އެ މަޖިލީހުގައި ޕީޖީއިން ވަނީ ހެއްކެއްގެ ހެކިބަސް ބަދަލު ކުރަން ރައީސް ޔާމީން ފައިސާ ހުށަހެޅި ކަމަށް ހެކި ލިބޭ ލިޔުމެއް ވެސް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
އެ އަމުރާއި އެކު އެމަނިކުފާނު ކޯޓު ތެރެއިން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދާނެކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް