މަސްތުވާ ތަކެއްޗާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރު ކޮށްފި
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 2 އިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައި ވަނީ ހދ. ނޭކުރެންދޫ/ސާޒް، އިބްރާހީމް ރިސްފާން (25އ) އާއި މ. ވިލާތަކުންނާރުގެއާގެ، މުހައްމަދު ޒަޢީން (36) އެވެ.
އޭޕްރިލް މަހުގެ 19 ވަނަ ދުވަހުގައި ހިންގި މި އޮޕަރޭޝަނުގައި، ހުޅުމާލެފޭސް 2 ގެ ތިން ޓަވަރެއްގެ ތިން އެޕާޓްމެންްޓަކާއި، ދެ ކާރުގެ އިތުރުން އަދި ދެ ސައިކަލު ވެސް ބަލައި ފާސްކޮށްފައިކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތުދެއެވެ. މި ބެލުމުގެ ތެރޭގައި 968.6 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭތަކެތި ފެނިފައިވާކަމަށް ވެސް ބުނެފައިވެއެވެ.
ހައްޔަރު ކުރި ދެ މީހުން މިހާރު ވަނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން ފަސް ދުވަހަށް ބަންދުކޮށްފައެވެ.
އަދި މި މައްސަލަ އިތުރަށް ތހުގީގު ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް