ލޯންޗަކުން ޖެހި، މޫދުގައި އޮތް މީހަކު މަރުވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ލޯންޗަކުން ޖެހި، މޫދުގައި އޮތް ފަތުރުވެރިއެއް މަރުވެއްޖެއެވެ.
މަރުވީ އދ. އަތޮޅުގެ ރިސޯޓެއްގައި ޗޫއްޓީ ހޭދަކުރަމުންދިޔަ، އާޖެންޓީނާއަށް ނިސްބަތްވާޱ55 އަހަރުގެ ފިރިހެނެކެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:00 އެހައިކަންހާއިރު ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުންގެ މައުލޫމާތު ދީފައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓުގެ ބޭރު މޫދުގައި، އެ ފަތުރުވެރިޔާ އޮއްވައި އައިކޮމް ގްރީން ނަމަކަށް ކިޔާ ލޯންޗަކުން ޖެހިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް