ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ނިންމައިފި
ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށް އެސްޓީއޯ އިން ނިންމައިފި އެވެ.
އެސްޓީއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކަން ފަށާނީ މިއަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑުގެ ބާވަތްތައް އެއް އަގެއްގައި ވިއްކުމަށްޓަކައި މަޖޫރީ ފީ އާއި ނާލުގެ އަގަށް އަރާ ފައިސާ އެސްޓީއޯއުން ދޭގޮތަށް ނިންމާފައިވާކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށްޓަކައި ކޮންމެ ރަށަކަށް އެސްޓީއޯގެ އެޖެންޓެއް ކަނޑައެޅުމަށްޓަކައި އެޖެންޓަކަށް ވުމަށް ހުޅުވާލާނެ ކަމަށެވެ. އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުން މަޖޫރީ ފީއާއި ނާލަށް ދައްކަންޖެހޭ އަގުތައް އެނގިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. އެޖެންޓުންނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާދަމާއިން ފެށިގެން ރަށްތަކުގެ އެސްޓީއޯ ފާމަސީން ފޯމް ލިބެން ހުންނާނެ ކަމަށް އަމްރު ވިދާޅުވިއެވެ
ސަރުކާރާ ގުޅިގެން ކާޑުގެ ބާވަތްތައް މިހާރު ވިއްކާ އަގަށް ވުރެ ވެސް ހެޔޮ އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް