ރައީސުލްޖުމްހޫރިއްޔާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑު މިއަދު!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސަރުކާރުގެ މަޢުލޫމާތުތައް ރައްޔިތުންނާއި ގާތުން ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު ގެނެސްދޭގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިއީ ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ޕޮޑްކާސްޓެއް ކަމަށެވެ.
މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 1:00 ޖަހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސޯޝަލްމީޑިއާ ޗެނަލްތަކުން ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދައުލަތުގެ މީޑިއާއިންވެސް މިއަދު މެންދުރު 2:30ގައި މި އެޕިސޯޑް ގެނެސްދޭނެ ކަމަށް ބުނެފައިވެއެވެ.
މި ޕޮޑްކާސްޓް ހޯސްޓުކުރައްވާނީ ގިނަބައެއްގެ މެދުގައި މަގުބޫލު ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ)އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް