ހުޅުމާލޭ ފަޅުތެރޭގައި ފައިބަރުގެ މަސައްކަތް ކުރުން ހުއްޓާލަން އަންގައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭގެ ފަޅުތެރޭގައި ޑޮށިދޯނިފަހަރުގައި ފައިބަރުގެ މަސައްކަތް ނުކުރަން އެޗްޑީސީން އެދިއްޖެއެވެ.
އެޗްޑީސީން މިކަމާ ގުޅިގެން ކުރި އިއުލާނެއްގައި ބުނީ، ފަޅުތެރޭގައި ހުންނަ ދޯނިފަހަރުގައި ފައިބަރުގެ މަސައްކަތް ކުރުމަކީ ތިމާވެއްޓަށާއި ފަޅުތެރެ ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށެވެ. އަދި އެއީ މަނާކަމެއް ކަމަށެވެ.
ވުމާއެކު ހުޅުމާލޭގެ ފަޅުތެރޭގައި މިފަދަ މަސައްކަތްތައް ކުރަމުންދާ ނަމަ އެފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 00:00 ގެ ކުރިން އެ މަސައްކަތް ހުއްޓާލުމަށް ނުވަތަ މިފަދަ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަކަށް ބަދަލުކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
އަދި، އެ މުއްދަތުގެ ކުރިން މިފަދަ މަސައްކަތްތައް ހުއްޓާލާފައި ނުވާނަމަ މެރިން ޕޮލިސް އާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް