ގާސިމް މަރާލުމަށް ބޭނުންކުރި ހަތިޔާރު ހޯދައިފި
މިދިޔަ ހަފްތާގެ ބުދަ ދުވަހު ހުޅުމާލޭގައި މަރާލި ޓެކްސީ ޑްރައިވަރު ހަސަން އަހުމަދު މަރާލުމަށް ބޭނުންކުރި ހަތިޔާރު ފުލުހުން ހޯދައިފިއެވެ.
މިކަން ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓްވިޓަރ މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.
ހަމީދު ވިދާޅުވީ ގާސިމް މަރާލި ސަރަހައްދުން ޑީއެންއޭއާއި އިނގިލީގެ ނިޝާންފަދަ މުހިންމު ފޮރެންސިކް ހެކިތަކެއް ފުލުހުން ހޯދާފައިވާކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނު ސަރަހައްދާއި 300މީޓަރު ދުރުން ގަސްތަކުގެ ތެރެއިން އޭނާ މަރާލަން ބޭނުންކުރ ހަތިޔާރު ހޯދާފައިވާކަމަށްވެސް ސީޕީ ހަމީދު ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން ސީސީޓީވީ ފުޓޭޖްގެ އެހީގައި ގާސިމްގެ ޓެކްސީ ހުޅުމާލޭގައި ދަތުރުކުރި ގޮތްެވެސް ހޯދިފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މި މައްސަލައިގައި ބައެއް ކުރިއެރުންތައް ލިބިފައިވާކަމަށް ފާހަގަކުރައްވައި ހަމީދު ވަނީ ތުހުމަތުކުރެވޭ ފަރާތްތައް ދެނެގަނެ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް