ޚިދުމަތުން ދުރަށްދާންޖެހިފައިވާ ފަރާތްތައް އަނބުރާ ޚިދުމަތަށް ގެނައުމާއި ގުޅޭ ދަފްތަރެއް އެކުލަވާލަނީ
ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިންގެ ދަފަތަރެއް އެކުލަވާލައި ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ އެފަރާތްތަކުން އަނބުރާ ޚިދުމަތަށް ނިކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލި ދަފްތަރެކެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ބުނީ، މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު 08 ސެޕްޓެމްބަރ 2025 ވާ ދުވަހުގެ 14:00 ގައި ހުޅުވާލާފައިވާ ކަމަށެވެ.
މި ދަފްތަރުގައި، ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ބޭފުޅުން ތިރީގައިވާ ލިންކު މެދުވެރިކޮށް ގޫގަލް ފޯރމް ފުރިހަމަކުރުމަށްފަހު ރަޖިސްޓަރީ ކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ދަފްތަރާއި ގުޅޭ އިތުރު މަޢުލުމާތު 3026930/3026951 ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް