ޤުރުއާން މުބާރާތުގައި ކިޔެވި ކުއްޖާގެ ވީޑިއޯ ޝެއާ ނުކުރަން އެދިއްޖެ
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިހާރު ކުރިއަށްދާ 33 ވަނަ ގައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރުގެ ވީޑިއޯ މީސްމީޑިއާގައި ދައުރު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިހާރު ކުރިއަށްދާ ގައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރުގެ ވީޑިއޯ އެކުއްޖާގެ ހައްގަށް އުނިކަން އަންގަ ގޮތަށް ދައުރު ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަން ނުކުރަން މިނިސްޓްރީން ވަނީ އެދިފައެެވެ.
ދަރިވަރަކަށް ކުށް ކިޔޭ ވީޑިއޯ ދައުރުވާން ފެށީ އިއްޔެއެވެ. އެވީޑިއޯގައި ފެންނަނީ ކުޑަ ފިރިހެން ކުއްޖެއް ކަމަށްވާތީ، އެކުއްޖާއަށް "ޖޯކު" ޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ގިނަ ފަރާތްތަކުން މީގެ ކުރިންވެސް ވަނީ ބުނެފައެވެ.
މިއަހަރުގެ ގުރުއާން މުބާރާތް ފެށީ މިމަހުގެ އެއް ވަަނަ ދުވަހުއެވެ. ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ހާހަކަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް