ސީޕީ ހަމީދަށް ހޯމް މިނިސްޓަރ އިމްރާންގެ ތައުރީފު!
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މިއަދު ރަސްމީގޮތުން އައްޔަންކުރެއްވި މުހައްމަދު ހަމީދަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ތައުރީފްކުރައްވައިފިއެވެ.
މިނިސްޓަރ އިމްރާން، ސީޕީ ހަމީދަށް ތައުރީފްކުރެއްވީ ޓްވިޓަރ މެދުވެރިކޮށެވެ.
އެމަނިކުފާނު ވިދާޅުވީ ސީޕީގެ މަގާމަށް މުހައްމަދު ހަމީދު އައްޔަންވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި މިހާތަނަށް އެކްޓިންގް ސީޕީގެ މަގާމުގައި ހުންނެވި ހަމީދަކީ ސީޕީގެ މަގާމަށް ގާބިލް ބޭފުޅެއްކަމަށެވެ.
އިމްރާން ވިދާޅުވީ މިއީ ފުުލުހުންގެ މަސައްކަތް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް