މިނިސްޓަރ ޝާހިދުުގެ ތައުޒިޔާގެ މެސެޖެއް ނޭޕާލްގެ ފޮރިން މިނިސްޓަރަށް
ނޭޕާލުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިސާތައް ހިނގައި، ގިނަ ބަޔަކު މަރުވެފައިވާތީ އެކަމުގެ ހިތާމައިގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ނޭޕާލުގެ ފޮރިން މިނިސްޓަރ ޕްރަދީޕް ކުމާރް ގިޔަވާލީއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރ ޝާހިދުގެ މެސެޖްގައި، ފާއިތުވި 3 ދުވަހު ނޭޕާލަށް ކުރި ބޯވިއްސާރައިގައި ފެންބޮޑުވެ، ބައެއް މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމަޔާއިއެކުގައި ކަމަށް ވިދާޅުވިއެވެ.
އަދި މިހިތާމަވެރި ވަގުތުގައި ނޭޕާލް ރައްޔިތުންނާއި ސަރުކާރާއި ޚާރިޖީ ވަޒީރަށް، އަދި ވަކިން ޚާއްސަކޮށް މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާކަމަށް ވިދާޅުވިއެވެ.
އަދި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ކާމިޔާބީއަށް މިނިސްޓަރ ޝާހިދު އެދިވަޑައިގެންފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީއިން ހާމަކުރެއެވެ.
ނޭޕާލްގައި ހިނގަމުން އަންނަ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މިހާތަނަށް 27 މީހުން ވަނީ މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް