އެމްއެލްއެސްޑީޕީގެ އިފްތިތާހީ ޖަލްސާ މާދަމާރޭ ބާއްވަނީ
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ އިފްތިތާހީ ޖަލްސާ މާދަމާ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
އެ ޕާޓީން މައުލޫމާތު ދޭގޮތުގައި މި ޖަލްސާ އޮންނާނީ މާދަމާ ރޭ އަށެއްޖަހާއިރު، ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.
މިދިޔަ މަހުގެ ކުރީކޮޅު އެމްއެލްއެސްޑީޕީ ޕާޓީން ވަނީ 3000 މެމްބަރުން ހަމަކޮށް އީސީ އަށް ފޯމު ހުށަހަޅާފައިއެވެ. އަދި އެޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގައެވެ.
ސިޔާސީ ޕާޓީ ތަކުގެ ޤަވައިދުގެ އަށް ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ޕާޓީއެއް ރަޖިސްޓްރީކޮށްދެވޭނީ މަދުވެގެން ޕާޓީގެ 300މެންބަރުން ހިމެނޭ ޖަލްސާއެއް ބޭއްވުމުންނެވެ.
މި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދަނީ މަޝްހޫރު ގާނޫނީ ވަކީލް އަބްދުﷲ ހަސީންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް