ޝާހިދު، އދ ގެ ސެކްރެޓަރީ ޖެނެރަލް އާއި ބައްދަލުކުރައްވައިފި
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އދ ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓަރެޒްއާ ބައްދަލުކުރައްވައިފިއެވެ.
ގުޓަރެޒްއާ އާއި ބައްދަލުކުރެއްވިކަން ހާމަކޮށްފައިވަނީ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓްގައި ޝާހިދު ވިދާޅުވީ، އދ އަށް އެނބުރި ދެވުމަކީ ލިބުނު ޝަރަފެއްކަމަށާއި، އިންޓަރނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަނާއެކު އެބޭފުޅާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ސެކްރެޓަރީ ޖެނެރަލް އާއި ހިއްސާކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ.
ޝާހިދު ވިދާޅުވީ، ދެބޭފުޅުންގެ މަސައްކަތްތައް ވެސް އަމާޒުކުރެވިފައިވަނީ އެންމެ މަތީ ފެންވަރުގައި ޑިޕްލޮމަސީ ކުރިއެރުވުމަށް އެހީތެރިވުން ކަމަށާއި، ހިލާފު އުފެދިފައިވާ މައްސަލަތަކަށް ހައްލު ހޯދުމާއެކު އިތުބާރު އުފެއްދުން ކަމަށެވެ.
މީގެ އިތުރުންވެސް، ހުރިހާ މުޖުތަމަޢުތަކަކަށްވެސް ދެމެހެއްޓެނިވި ސުލްޙަ އަދި އެއްބާރުލުން ހޯދުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް