ކައުންސިލްތަކަށް މާލީ އެހީވުމަށް އެމްޑީޕީން އޮފީހެއް އުފައްދައިފި؛ ވެރިއަކީ އަމީރު
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ލޯކަލް ކައުންސިލްތަކަށް ފަންނީ، މާލީ އަދި އެހެނިހެން މަދަދުވެރިކަމާއި އެހީ ފޯރުކޮށްދިނުމަށް އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް ނަމުގައި އޮފީހެއް އެމްޑީޕީން އުފައްދައިފިއެވެ.
މި އޮފީސް އުފައްދާފައިވަނީ އެ ޕާޓީގެ ޤައުމީ ސެކްރެޓޭރިއަޓުގައެވެ.
އޮފީހުގެ ޑައިރެކްޓަރ ޖެނެރަލް އަކީ އެމްޑީޕީގެ ޤަައުމީ މަޖިލިސް މެންބަރު އަދި ކުރީގެ ފިނޭސް މިނިސްޓަރު އިބްރާހިމް ޢަމީރެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް ނަޝީދު އިންތިޚާބުވެވަޑައިގެންނެވުމާއެކު ޕާޓީގެ އެތެރޭގެ ކަންކަން ހިންގުމަށް ބައެއް ފިޔަވަޅުތައް އަޅުއްވަމުންނެވެ.
އެގޮތުން، ދާދިފަހުން ވަނީ ”ބޮޑު ބަދަލު“ ނަމުގައި އޮފީހެއް އުފައްދަވައި އޮފީހުގެ އިސްވެރިއަކަށް ހަސަން ލަތީފް އައްޔަނު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް