ގިނަ އަަދަދެއްގެ ރިސޯޓްތަކުން ފުލުހުންނަށް ގުޅަމުންދާކަމަށް ބުނެފި
ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓްތަކުން ފުލުހުންނަށް ގުޅަމުންދާކަމަށް ބުނެފިއެވެ.
ފުލުހުން ބުނީ އެފަރާތަށް ގިނަ ރިސޯޓްތަކުން ގުޅަމުންދާ ނަމަވެސް ފުލުހުން ތިބީ ޚާއްސަ އެލާޓް ސްޓޭޓަސްގައި ނޫންކަމަށެވެ.
ވޮއިސްއަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އެލާޓް ސްޓޭޓަސްެއެއް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށާއި، ނަމަވެސް ވައްކަމުގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން މާލެ ސިޓީގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށެވެ.
އެގޮތުން މިމަހުގެ 22ވަނަ ދުވަހުން ފެށިގެން ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަމުންނެވެ.
ފުުލުހުން ބުނީ ވޭތުވެދިޔަ 2 ހަފްތާގެ ތެރޭގައި މާލެ ސިޓީގައި ތަންކޮޅެއް ގިނައިން ވައްކަމުގެ މައްސަލަތައް ހުށަހެޅިފައިވުމުންނާއި އަދި ކުރިއަށް އޮތް އައު އަހަރަށް ކުށް މަދުކުރުމުގެ ގޮތުން، މި އޮޕަރޭޝަން ފަށާފައިވަނީ ރަށުތެރެ ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން މީހުން ހުއްޓުވައި ސުވާލު ކުރުމާއި އަދި އުޅަނދުފަހަރު ހުއްޓުވައި ބަލައިފާސްކުރުން ހިމެނޭނެކަމަށް ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހަތަކުން ފެށިގެން އެމްއެންޑީއެފްއިން ވަނީ އެލާޓް ސްޓޭޓަސް ޔެލޯ2އަށް ބަދަލުކޮށްފައެވެ. އެއީ ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން އަންނަ އެލާޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް