ޖާބިރު ބާއްވަވާ އިހްޔާ ފޯރަމެއްގައި ޑރ.ޝަހީމް ތަގުރީރުކުރައްވަނީ
ކާށިދޫ ދާއިރާގެ އިންތިޚާބީ މެންބަރ އަބްދުﷲ ޖާބިރު ބާއްވަވާ ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ފޯރަމެއްގައި މަޝްހޫރު ދީނީ އިލްމުވެެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ތަގުރީރުކުރައްވާގޮތަށް ހަމަޖެހިއްެޖެއެވެ.
މިކަން އެމަނިކުފާނު އާންމުކުރައްވާފައިވަނީ ފޭސްބުކް ޕޯސްޓެއްގައެވެ.
ޑރ.ޝަހީމް ވިދާޅުވީ ކާށިދޫ ދާއިރާއަށް އިންތިޚާބުކުރެވިފައިވާ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރު އެ ދާއިރާގައި ބާއްވަވާ ރޯދަމަސް އިހުޔާކުރުމުގެ ޚާއްސަ ހަފްލާއެއްގައި ތަގުރީރުކުރެއްވުމުގެ ދައުވަތު ދެއްވީތީ ޝުުކުރު ދަންނަވާކަމަށެވެ.
އެމަނިކުފާނު ވަނީ ދައުވަތު ގަބޫލުކުރެއްވިކަމަށް ހާމަކުރައްވާފައެވެ.
ޖާބިރު ދަނީ ކާށިދޫ ދާއިރާއަށް ގިނަ އިޖްތިމާއީ ކަންކަން ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް