މިދިޔަ މަހު ދައުލަތުގެ އާމްދަނީ ދެ ބިލިޔަނަށްވުރެ ގިނަ!
ފާއިތުވި މަހުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ދެ ބިލިޔަން ރުފިޔާއަށްވުރެ އިތުރުވެއްޖެއެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެ އޮތޯރިޓީއަށް ލިބުނީ 2.1 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 2.2 އިންސައްތަ އިތުރު އަދަދެކެވެ. އެހެނަސް
މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު މިންވަރާ އަޅާބަލާއިރު 2.9 އިންސައްތަ މަދު އަދަދެކެވެ.
މިދިޔަ މަހުގައި ދައުލަތަށް އެންމެ ގިނަ ފައިސާ ވަދެފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. އެގޮތުން ބީޕީޓީގެ ގޮތުގައި 880 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ ޖުމްލަ އާމްދަނީގެ 41 ޕަސެންޓެވެ.
މިދިޔަ މަހު ލަފާކުރި އާމްދަނީއަށް ވުރެއް އިތުރު އާމްދަނީއެއް ރާއްޖެއަށް ލިބުނީ ފަތުރުވެރިން ގިނައިން ރާއްޖެ އައިސްފައިވުމުންކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް